މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖެ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. އަލީ ފާސިރު (ސެންޓޭ) ގެ ގޯލުން ރާއްޖޭން ލީޑް ނަގާފައި ވަނިކޮށް، ބަންގްލަދޭޝްއިން ފަހަތުން އަރައި ދެ ލަނޑު ޖެހިއިރު ދެވަނަ ލަނޑު ޖެހީ އިތުރު ވަގުތުގައެވެ. މި ދެ ޓީމު މިދިޔަ ބުދަ ދުވަހު ކުޅުނު މެޗު ރާއްޖޭން ކާމިޔާބު ކުރީ 1-0 ންނެވެ. އެ ދުވަހުވެސް ރާއްޖޭގެ ލަނޑު ޖެހީ އަލީ ފާސިރުއެވެ.
އަލީ ސުޒެއިންގެ ކޯޗުކަމުގެ ދަށުގައި މިދިއަ ބުރާސްފަތިދުވަހު ކުޅުނު މެޗުން ރާއްޖެ މޮޅުވުމަކީ އެ ގައުމުގެ ފަސްގަނޑުގައި ރާއްޖެއަށް ބަންގްލަދޭޝް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.