ads
ައަބްދުއްރަހީމް ހޯއްދެވި މެމްބަރުންގެ ފޯމްތައް ޕާޓިއާ ހަވާލުކުރަނީ
އަބްދުއްރަހީމް އެކަނިވެސް 3،200 މެމްބަރުން ހަމަކޮށްފި
ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ދަށުން ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އެކަނިވެސް 3،200 މެމްބަރުން ހަމަކޮށްފިކަމަށް އެޕާޓީން ބުނެފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ސަރުކާރަށް އަހަރެއް ވުމުގެ ކުރިން އެޕާޓީގެ މެމްބަރުންގެ އަދަދު 75،000 ހަމަކުރުމަށް އެކަމުގެ މަސައްކަތް އެޕާޓީން ފެށީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ.   

ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ކަނޑައައެޅުއްވި އަދަދަށް ޕީއެންސީއަށް މެމްބަރުން ހަމަވެއްޖެކަަމަށެވެ. 

ފަލާހް ވިދާޅުވީ މިހާތަނަށް މިހާތަނަށް 82،000 މެމްބަރުން ޕީއެންސީއާ ގުޅިއްޖެކަމަށެވެ. މިހާ ކުރި މުއްދަތެއްގެ ތެރޭގައި އެ އަދަދަށް މެމްބަރުން ޕާޓިއާ ގުޅުމުން އެ އަދަދު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު އަދި ފެންނަން ނޯވެދާނެކަމަށް ފަލާހް ވިދާޅުވިއެވެ. ސަބަބެއްކަމަށް ވިދާޅުވީ ފޯމުތައް އެ ފޯމުތައް ޕްރޮސެސްކުރަން އިސީން ވަގުތު ނަގާނެތީ ކަމަށެވެ. 

ޗެއާޕާސަން އަބްދުއްރަހީމް އެކަނިވެސް 3،200 މެމްބަރުން ހަމަކޮށްފިކަމަށް ފަލާހް ވިދާޅުވިއެވެ. މި ފޯމްތައް މިއަދު ވަނީ ޕާޓީއާ ހަވާލުކޮށްފައެވެ. 

މި ވެރިކަން ފެށުމުގެ ކުރިން ޕީއެންސީގެ މެމްބަރުންގެ އަދަދު އެހާ ގިނަ ނޫންނަމަވެސް ވެރިކަމަށް އައިތާ މާ ގިނަދުވަސްތަކެއް ނުވެ މެމްބަރުންގެ 28،704 އަރާ އެންމެ މެމްބަރުން ގިނަ ތިންވަނަ ޕާޓީއަށް ޕީއެންސީވިއެވެ. 

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީއެވެ. އެޕާޓީގެ މެމްބަރުންގެ އަދަދަކީ 50،851 އެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕީޕީއެމްގައި ތިބީ 34،698 މެމްބަރުނެވެ. 

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ވަޒީފާގެ ބިރުގެ ދައްކާ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަމަށް އިދިކޮޅު އެމްޑީޕީއާ ޕީއެންއެފުން އަންނަނީ ބުނަމުންނެވެ. އަދި މިކަން ބަލާދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އިދިކޮޅު ޕާޓީތަކުން ގޮވާލާފައެވެ. 

އެހެންނަމަވެސް މި ތުހުމަތުތައް ޕީއެންސީން ދޮގުކުރެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް