
މި ތަކެތި އެ ސްކޫލާއި ހަވާލުކޮށްްފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އެ ރަށަށް ކުރެއްވި ޒިޔާރަތެއްގައެވެ.
ސަފީރު މުނޫ މަހާވަރު ތުރާކުނަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ މަރުހަބާ ކިޔަން ނުކުމެފައެވެ.
ސަފީރު މުނޫ މަހާވަރު ތުރާކުނު ސްކޫލް ކޮމްޕިއުޓަރު ސިސްޓަމް ތަކެއް ހަދިޔާ ކުރަނީ
ސަފީރު މުނޫ މަހާވަރު މި ދަތުރުގައި ތުރާކުނު ކައުންސިލާއި ބައްދަލުކޮށް މަޝްވަރާކުރެއްވިކަަމަށް ރާއްޖައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. އަދި ތުރާކުނު ސްކޫލަށްވެސް ސަފީރު މުނޫ މަހާވަރު ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ސްކޫލަށް ކޮމްޕިއުޓަރު ސިސްޓަމްތަކާއި ފޮތްތަކެއް ހަދިޔާކުރިކަމަވެސް ހައިކޮމިޝަނުން ބުނެއެވެ.
ސަފީރު މުނޫ މަހާވަރު ރުރާކުނަށް ކުރި ޒިޔާރަތުގައި އެރަށުގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައިވާކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.