ޒެމްބިއާ މުބާރާތުގައި ރިވައިލް ޓީމު ތަމްސީލް ކުރި ނަބާ އަދި ނަބީ، އަންހެން ޑަބަލްސް ރަން މެޑަލް ހޯދީ ފައިނަލުގައި މިއަދު ސްރީ ލަންކާގެ ހަސީނީ އަމްބަލަންގޮޑަގޭ އާއި ހަސާރާ ވިޖަރަޔަތުނޭ ބަލިކޮށްގެނެވެ. މި މެޗުން ދިވެހި ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ.
މިއީ، 2019 ވަނަ އަހަރުގެ ފަހުން، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ލެވަލްގެ މުބާރާތަކުން ރާއްޖޭން ހޯދި ތިން ވަނަ ރަން މެޑަލް އެވެ. ކުރިން ރަން މެޑަލް ހޯދީ މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ އަދި އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އެވެ.