ads
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ތަގުރީރު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ގަވާއިދު ބަދަލު ކުރެވޭކަށް ނެތް، 500 ޑޮލަރު ޖެހޭނީ މާރުކުރަން: ރައީސް
ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަށް ހަދާފައިވާ ގަވައިދު ބަދަލު ނުކުރާނެ ކަމަށާއި އެ ގަވައިދާ އެއްގޮތަށް ހުރިހާ ފަރާތްތަކަކުންވެސް ޖެހޭނީ ޑޮލަރު މާރުކުރަން ކަމަށް ވިދާޅުވެ އެ ގަވައިދާ ދެކޮޅު ހަދަމުންދާ ފަރާތްތަކަށް ރައީސް ޑރ. މުއިއްޒު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ރިސޯޓަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ގަވައިދު މިހާރު ލާޒިމު ކުރި ނަމަވެސް އެ ކަން ނުވާނެ ކަމަށް ބުނެ ގިނަ ރިސޯޓު ވިޔަފާރިވެރިން ސަރުކާރަށް އެކަން އަންގަމުން ދަނިކޮށެވެ.

އެމްއެމްއޭއިން ނެރެފައިވާ ގަވާއިދުގައި ބުނަނީ ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓާއި ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި ރިސޯޓު ހޮޓަލާއި ސިޓީ ހޮޓާ ފަދަ ތަންތަނުން އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. އަދި 50 އެނދަށްވުރެ މަދު އެނދު ހުންނަ ގެސްޓުހައުސްތަކުން ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ.

ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ރައީސް މުއިއްޒު ހަރުއަޑުން ރިސޯޓް އޯނަރުންނާ މުހާތަބުކުރައްވާ ވިދާޅުވީ "ޖެހޭނީ ގަވައިދަށް އަމަލުކުރަން" ކަމަށެވެ. އަދި "އުސޫލު ބަދަލު ނުކުރާނަން، ސާފުކޮށް މިބުނީ ނުކުރާނަން" ކަމަށް އަޑަށް ބާރު ލައްވާ ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް މިދަންނަވަނީ މި ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނޭ. މިއީ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކުރާ ކަމެއް.،" ރައީސް ވިދާޅުވި އެވެ.

your imageމި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް)

ރައީސް އިތުރަށް ވިދާޅުވީ މިހާރު ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުން މިހާރު ޑޮލަރު ގަންނަންޖެހެނީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ މިހާރު އެކަމުގެ ސަބަބުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހިފައިވާ ކަމަށެވެ. އަދި ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ޖަނަވަރީ އެކެއް 2026 އިން ފެށިގެން އަމަލުކުރަން ފެށުމާއެކު، ރަސްމީ ރޭޓުގައި އެސްއޯއީތަކަށް ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. 

މި ގަވާއިދުގެ އިތުރު ފައިދާއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މިހާރު ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރެވުމެވެ. ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށާއި، އެއީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. 

އޭގެ އިތުރަށް އަންނަ ޖަނަވަރީން ފެށިގެން ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަންވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެއްވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"ޑޮލަރު މާރުކުރާ ގަވާއިދު ރަނގަޅަށް ތަންފީޒުވާނަމަ އަޅުގަނޑުމެން ބޭނުންވަނީ 2026 ގެ ފުރަތަމަ ކުއާޓާއަށް ދާއިރު މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރުގެ ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟،" ރައީސް ވިދާޅުވި އެވެ.

ޑޮލަރު މާރުކުރަން ދެކޮޅު ހަދާ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ޗަމްޕާ ގުރޫޕާއި ޔުނިވާސަލް ގުރޫޕް ހިމެނެ އެވެ. މި ދެ ކުންފުނީގެ ވެރިންނަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށް އެ ދާއިރާ ތަރައްގީކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

އެބޭފުޅުންގެ ހިދުމަތް ބަލައިގަނެ ޝުކުރު އަދާކުރައްވަމުން ރައީސް މުއިއްޒު އެ ބޭފުޅުންނަށް އިލްތިމާސް ކުރެއްވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން، އެފަދަ ހިދުމަތްތެރިންގެ ފަރާތުން ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ނުދެއްވާ ރައްޔިތުންގެ ފަޅިއަށް އެރުމަށް އެދިވަޑައިގެންފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް