ads
ސިޔާސީ މީހުންނަށް ފްލެޓް ލިބޭގޮތަށް ކުރީ ސަރުކާރުން މާކްސް ބަދަލުކުރި: ރައީސް
ފްލެޓް ކޮމެޓީގައި ހިމެނޭ ސިޔާސީ މީހުންނަށް 4000 ފްލެޓުން ފްލެޓް ލިބޭގޮތަށް ކުރީ ސަރުކާރުން މާކްސްތައް ބަދަލުކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
Advertisement

ސަރުކާރަށް އެއްއަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ 4000 ފަލްޓް ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން ނުނެރި ލަސްވާ ސަބަބުތައް ހާމަކޮށްދެއްވާފައެވެ. 

ރައީސް މުއިއްޒު ވިދާޅުވީ 4000 ފްލެޓްގެ ލިސްޓުގައި ބަލަންޖެހޭ ކަންކަން ހަމަ ބޮޑީކަމަށެވެ. އަދި އޭސީސީންވެސް ގިނަ ކަންތަތަކެއް ބަލާ ފާހަގަކޮށްފައިވާކަމަށް ވިދާޅުވެ މިދިޔަ ސަރުކާރުން އުސޫލާއި ހިލާފަށް ކޮށްފައިވާ ބައެއް ކަންކަން ވަނީ ރައީސް މުއިއްޒު ފާހަގަކުރައްވާފައެވެ. 

" އުސޫލާއި ހިލާފަށް ގެދޮރުވެރި ކޮމެޓީގައި ހިމެނޭ، މިދިޔަ ސަރުކާރުގައި، ގެދޮރުވެރި ކޮމެޓީގައި ހިމެނޭ ސިޔާސީ މީހުންނަށް ފްލެޓް ލިބޭގޮތަށް މާކްސް ވަނީ ބަދަލުކޮށްފައި. މީ ކޮށްފައި ހުރި ކަންކަން." ރައީސް މުިއއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފްލެޓް ލިސްޓު ބަލާ މުރާޖައާ ކުރަމަށް ފަހު ނޭރޭނީ ވަރަށް ދެ ފުށް ފެންނަ ގޮތަށްކަމަށެވެ. 

" އަދަދުތަކާއި އެކު ލިސްޓު ނެރޭއިރު ކޮންމެ މީހެއްގެ ނަން ކައިރީ، ކޮންމެ މީހެއް ތަފްސީލް ހޮވުނު ގޮތް ވިޔަސް ނުހޮވުނު ގޮތް ވިޔަސް އޮންނާނެ. " ރައީސް މުއިއްޒު ވިދާޅުވިއެވެ.

އުސޫލާއި ހިލާފަށް ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލީ ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ނުފޫޒު ގަދަ އާއިލާއެއްގެ އެއް މެމްބަރުންނަށް ގިނަ އަދަދެއްގެ ފްލެޓް ބަހާފައި ހުރިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

މީގެ އިތުރުން ފޯޓަލަށް ހުށައެޅި ލިޔުންތަކުގެ އިތުރުން ބައެއް ފަރާތްތަކުގެ ލިޔުންތައް ބަލައިގަނެ ފްލެޓް ދީފައިވާކަމަށާއި ފޯމެއްވެސް ނުލާ ހަމައެކަނި އައީޑީކާޑް އެއްފަޅި ހުށައަަޅައިގެން ފްލެޓް ދީފައިވެސް އެބަހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ދެން އެބޭފުޅުން ކޮން ވާހަކައެއްތޯ މި ދައްކަނީ. އުސޫލާއި ހިލާފަށް ބައެއް ފަރާތްކަށް ފްލެޓް ދިނުމަށްޓަކައި ޕޯޓަލްގެ ބެކް އެންޑުން މާކްސް ޝީޓް ބަދަލުކޮށްފައި އެބަހުރި. ދެން އެބޭފުޅުން ކިހާވަރަކަށް މިކަމާ އުޅޭނޫންތޯ. އެހެންވީމަ ލަސްކުރަން ޖެހެނީ. އެހެންވީމަ ލަސްވާނެ ދެއްތޯ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފްލެޓް ލިސްޓު ނެރޭނީ އެ ހުރިހާކަމެއް ބެލުމަށްފަހު އިންސާފުވެރިކަމާއި އެކީގައިކަމަށެވެ. އަދި އެމަނިކުފާނު ހުރިހާކަމެއްވެސް ކުރާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

މިދިޔަ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާގެ ސްކީމުން 4000 ފެލްޓް ލިބުނު މީހުންގެ ލިސްޓް ނެރެން ތާފާތު އެތައް ތާރީހުތަކެއް ދިނުމަށްފަހު ލިސްޓު ނެރުން މުއްދަތެއް ނެތްގޮތަށް ފަސްކުރިކަން ހައުސިން މިނިސްޓްރީން އިއުލާންކުރީ އިއްޔެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް