ads
މާލޭގައި ފެން ބޮޑުވެފައި. ފައިލް ފޮޓޯ
މަޖީދީމަގުވެސް އެއްކޮޅުން އަނެއްކޮޅަށް ފެންބޮޑުވެ، މުޅި މާލޭގައި ފެން
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި މުޅި މާލެގައި ފެންބޮޑުވެއްޖެއެވެ.
Advertisement

ރޭ ފަތިހުން ފެށިގެން މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ. ވެހެމުންދާ ވާރޭގައު މުޅި މާލެގައި ވަނީ ފެން ބޮޑުވެފައެވެ.

އެންމެ ބާރު ބޮޑު މަޖީދީމަގުގައިޗެސް އެއްކޮޅުން އަނެއްކޮޅަށް ވަނީ ފެން ހެދިފައެވެ. އަދި ވާރޭވެހޭ ކޮންމެ ފަހަރު އާއްމުކޮށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގައިވެސް ވަނީ ފެންބޮޑުވެފައެވެ.

މާލެ ހިމެނޭހެން ބޮޑުބަޔަކަށް ގުގުރުމާއިއެކު ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެލާޓްވެސް ނެރަފައެވެ. 

މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ވ އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. އެ ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށައި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެެއެވެ.  މި އެލާޓް ނެރެފައިވަނީ ހެނދުނު 08:50 އިން  ފެށިގެން މެންދުރު 13:30 އާ ހަމައަށެވެ. 

މީގެއިތުރުން ވ. އަތޮޅުން އައްޑޫ ސީޓީއާ ހަމައަށް ވަނީ ހެނދުނު 10:00 އިން 13:30 ގެ ނިލަޔަށް ވައިޓް އެލާޓް ނެރެފައެވެ.

މާލޭގައި ފެންބޮޑުވެން އެމްޑީއެފުން އަންނަނީ މަގުތަކަށް ނުކުމެ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. 

މިއަދުގެ މޫސުން

- އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ 

- ވައި- އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަނޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ. 

- ކަނޑުތައް- އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަނޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ. 

- ރާޅުގެ އުސްމިން 2 - 5 ފޫޓު.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް