ads
މެންބަރު އަލީ ހުސެއިން މަޖިލީހުގައި
ޑޮލަރު މާރުކުރާ ގަވައިދު އެމްއެމްއޭގެ ގާނޫނާއި ހިލާފު: އަލީ ހުސައިން
ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް މަރުކަޒީ ބޭންކުން ހަަދާފައިވާ ގަވާއިދަކީ ގާނޫނާއި ހިލާފު ގަވައިދެއްކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
Advertisement

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ގަވައިދެއް އެމްއެމްއޭއިން ހަދާ އަމަލުކުރަން ފެށީ މިދިޔަ އޮކްޓޯބަރު އެކެއްގައެވެ. 

 ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރު މާރުކުރަން މަޖްބޫރުކޮށް އެމްއެމްއޭއިން ގަވައިދެއް ހަދާފައިވަނީ ނުލިބޭ ބާރެއް  ބޭނުންކޮށް ގާނޫނާއި ހިލާފަށްކަމަށެވެ. 

" ޑޮލަރު މާރުކުރުން މަޖުބޫރުކޮށް މަރުކަޒީ ބޭންކުން އެކުލަވާލާފައިވާ ގަވާއިދަކީ ގާނޫނީ ގޮތުން ނުލިބޭ ބާރުތަކެއް އަމިއްލައަށް އަތަށް މަހާލައިގެން އެމް އެމްއޭގެ ގާނޫނާއި ހިލާފަށް ހަދާފައިވާ ގައިރު ދުސްތޫރީ ގަވާއިދެއް." އަލީ ހުސެއިން އެކްސްގައި ކުރި ޕޯސްޓްގައިވެ އެވެ.

ޑޮލަރު މާރުކުންޖެހޭ ގަވާއިދާ ގުޅޭގޮތުން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދުގެ ބައެއް މާއްދާތަކަށް ގެނައި ބަދަލުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން އެންގި ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ބޭރު ފައިސާގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އެމްއެމްއޭއިން ގެނައި ބަދަލުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އެންގިދާނެ ކަމަކަށް ގަބޫލެއް ނުކުރަން، އެއީ ގާނޫނާއި ގަވާއިދާ ހިލާފު ނިންމުމެއް،" މުއިއްޒު ވިދާޅުވި އެވެ.

ޑޮލަރު މާރުކުރަން ހެދި ގަވައިދު އޮތީ އަމަލުކުރެވޭ ގޮތަށް ނޫންކަމަށް ބުނެ ރާއްޖޭގައި ރިސޯޓްތަައް ހިންގާ ކުންފުނިތަކުން ވަނީ އެކަން މަރުކަޒީ ބޭންކަށް އަންގައިފައެވެ. އަދި އެކަން ނުކުރާނެކަމަށް ރިސޯޓްތަކުން ވަނީ ބުނެފަ އެވެ. 

ރިސޯޓްތައް ހިންގާ ފަރާތްތަކުން ޑޮލަރު މާރުކުރަން އަންގާ ގަވާއިދު ހަދާފައި އޮތީ ޓޫރިޒަމް އިންޑަސްޓްރީއާ މަޝްވަރާކުރުމެއް ނެތި، ރިސޯޓް ހިންގާ މީހުންނަށް އިންސާފުވެރިކޮށް ނޫންކަމަށެވެ.  

ރިސޯޓްތަކުގެ މި ނިންމުމަށް ރައީސް ޑރ. މުއިއްޒު ވަނީ ރޭ ރައްދުދެއްވާފައެވެ. ސަރުކާރަށް އަހަރެއް ވުމުފގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަށް ހަދާފައިވާ ގަވައިދު ބަދަލު ނުކުރާނެ ކަމަށާއި އެ ގަވައިދާ އެއްގޮތަށް ހުރިހާ ފަރާތްތަކަކުންވެސް ޖެހޭނީ ޑޮލަރު މާރުކުރަން ކަމަށެވެ. 

"ވަރަށް ސާފުކޮށް މިދަންނަވަނީ މި ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނޭ. މިއީ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކުރާ ކަމެއް.،" ރައީސް ވިދާޅުވި އެވެ.

ޑޮލަރު މާރުކުރަން ދެކޮޅު ހަދާ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ޗަމްޕާ ގުރޫޕާއި ޔުނިވާސަލް ގުރޫޕް ހިމެނެ އެވެ. މި ދެ ކުންފުނީގެ ވެރިންނަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށް އެ ދާއިރާ ތަރައްގީކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް