ads
ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު - ފޮޓޯ: މަޖިލިސް
މި ބަޖެޓު އޮތް ގޮތުން ވޯޓްދީފިއްޔާ އަޒާބު ވެސް ލިބިދާނެ: ސިޔާމް
އަންނަ އަހަރަށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުގައި ތަފްސީލުތައް ނެތުމުން އެ ބަޖެޓް އަނބުރާ ގެންދަން ރައްޔިތުން މަޖިލީހުގައި މީދޫ ދާއިރާގެ މެމްބަރު އަހަމަދު ސިޔާމް ގޮވާލައްވައިފިއެވެ.
Advertisement

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅަފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓާރު މުސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ބެޖެޓުގައި ހަރަދުގެ ގޮތުގައި ހިމެނެނީ 49.2 ބިލިއަން ރުފިޔާކަމަށެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާކަމަށް ޒަމީރު ވިދާޅުވިއެވެ. 

ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭފެ ލީޑަރު އަހްމަދު ސިޔާމް ވަނީ ބަޖެޓް ހަރަދުކުރާނެ ގޮތުގެ ތަފްސީލުތައް ބަޖެޓްގައި ޖަހާފައިނެތުމުން އެކަމުގެ ނުުރުހުމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ތަފްސީލުތައް ނެތުމުން ސިޔާމް ވަނީ ރައްޔިތުންގެ ހައްގުގައި އެ ބަޖެޓް އަނބުރާ ގެންގޮސް ތަފްސީލުތައް އެނގޭނެހެން އަލުން ހުށައަޅާދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.  

" ޓޯޓަލް މި އޮތީ 56 ބިލިއަން ރުފިޔާ. އޮތް އިރުގައި އަޅުގަނޑުމެންނަކަށް ނޭނގޭ ހަރަދު ކުރަނީ ކޮން ކަމަކަށް ކަމެއް. އެހެންވީމަ އަޅުގަނޑު ހަމަ ގައުމުގެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ހުށަހަޅަން މި ބަޖެޓު މުޅިން ބަދަލު ކުރައްވައި، ތަފުސީލު އެނގޭނެހެން އަޅުގަނޑުމެންނަށް އަލުން މި ފޮތް ދެއްވުން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް  ވިދަޅުވީ މިހާރު ބަޖެޓް އޮތް ގޮތުން އެއީ ސައްތައިން ސައްތަ ރަނގަޅު އެއްޗެކޭ ބުނަން ހެޔޮ ނުވާނެކަމަށެވެ. އަދި ބަޖެޓް މިހާރު އޮތް ގޮތުން އެ ބަޖެޓަށް ވޯޓް ދީފިނަމަ ނޭގެެ ކަމަކަށް ވޯޓުދެވޫނީ ކަމަށް ވިދާޅުވެ އެކަމުގައި ދީނީގޮތުންވެސް ނުރައްކާކަން ސިޔާމް ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންނަށް ނޭނގި ހުރެ އެއްޗަކަށް ވޯޓު ދެވުނީމާ ގިޔާމަތް ދުވަހުން ވެސް އެކަމުގެ އަޒާބު އަޅުގަނޑުމެންނަށް ﷲ ސުބްހާނަހޫ ވަތައާލާ ދެއްވާނެ." ސިޔާމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓްގެ ބަހުސް މިއަދު ނިންމާލަން ގަސްދުކުރާކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ބަޖެޓް ދިރާސާކުރާ ކޮމިޓީންވެސް ވަނީ ފާސްކޮށްްފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް