މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މައްސަލައިގައި ޕްރޮސިކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް ބަހެއް ބުނުން މުހިންމު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ބަހެއް ބުނުން މުހިއްމު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއެން އުވާލި މައްސަލައިގައި އެ ޖަމިއްޔާއިން ބުނެފައިވަނީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
އެމްޑީއެންގެ މައްސަލައިގައި ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުވާލާފައިވާ ޖަމިއްޔާއަކުން ފާޅުގައި ގޮންޖަހައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނުމަކީ ގާނޫނަށް ގޮންޖެހުމެއް ކަމަށެވެ.
"ލޯމަރައިގެން ތިބެފިނަމަ މިއީ ގާނޫނުގެ ބާރު ކެނޑިގެންދާނެ ކަމެއް. މަސްލަހަތު އެއްކިބާކުރުމަށްފަހު މިކަމުގައި ޕީޖީގެ ބަހެއް ރައްޔިތުންނަށް މުހިއްމު" ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައިވެ އެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އެމްޑީއެން ރަސްމީކޮށް އުވާލާފައިވަނީ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.
އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓުގެ މައްސަލަ ފެންމަތިވީ މިއަހަރުގެ ތެރޭގަ އެވެ. އަދި އެ ޖަމިއްޔާއަށް ފިޔަވަޅު ނާޅާ ލަސްވުމުން ދީނީ އިލްމުވެރިންނާއި ގިނަ ބައެއްގެ ހިތްހަމަނުޖެހުން މީގެކުރިން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފަ އެވެ.