މިއީ ސަރުކާރުގެ އާ ސިޔާސަތުތަކާ ގުޅިގެން އަންނާނެ ބަދަލެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި އަހަރު އިންފްލޭޝަން ހުރީ 0.8 ޕަސެންޓުގަ އެވެ. އަދި މިދިޔަ އަހަރު އިންފްލޭޝަން ހުރީ 2.9 ޕަސެންޓުގަ އެވެ. އަންނަ އަހަރު އިންފްލޭޝަން މައްޗަށް ދާން މި ޖެހެނީ އޭޕްރީލް މަހުން ފެށިގެން ހަތަރު ސަބްސިޑީއެއް އަލުން އަމާޒުކުރުމަށް ނިންމާފައިވާތީ އެވެ.
ތެލާއި ކާޑާއި ކަރަންޓާއި ނަރުދަމާގެ ސަބްސިޑީ ދެން ލިބޭނީ އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށެވެ. މި ސަބްސިޑީތައް ދިނުމަށް ސަރުކާރުން ވަނީ 900 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.
ނަމަވެސް މެދުރާސްތާގައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ދަށަށްދާނެ ކަމަށް އައިއެމްއެފުން ލަފާކުރާތީ، ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުތައް ވެސް މަޑުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.