މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކަމަށްވާ ކެނެބިސް އަޅާފައިވާ ވޭފް ޝިޕްމެންޓެއް ކަސްޓަމަސް އިން ހިފަހައްޓާފައިވާކަން ހޯމް މިނިސްޓަރު އިހްސާން ވިދާޅުވީ މިދިޔަ މަހުގެ 15 ވަނަދުވަހުގެ ރެއެވެ.
ވައިގެ މަގުން އެތެރެކުރި އެ ސިޕްމަންޓް ހިފެހެއްޓިކަމަށް ހޯމް މިނިސްޓަރު ވިދާޅުވީ ވޭފް ރާއްޖޭގައި މަނާކުރަން ނިންމިކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވިތާ މާގިނައިރުތަކެއް ނުވަނީސް އެވެ.
އެތަކެތި ފެނުނުކަން ހާމަކޮށް އެކްސްގައި މިނިސްޓާރު އިހްސާން ވިދާޅުވީ ރާއްޖޭގައި ރާއްޖެއަށް ވޭޕު އެތެރެކޮށް ވިޔަފާރި ކުރުމާއި އޭގެ ބޭނުން ކުރުން މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވެސް މިފަދަ ކަންކަމާ ގުޅިގެން ކަމަށެވެ.
އެ ވޭޕް ޝިޕްމަންޓާއި ގުޅިގެން މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ޝިޕްމެންޓުގައި ހުރި ތަކެތީގެ ފޮރެންސިކް ޓެސްޓުތައް ހެދިއިރު، މަސްތުވާތަކެއްޗަށް ނެގެޓިވްވެފައިވާ ކަމަށެވެ.
މިމަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭފް އެތެރެކުރުން ގާނޫ ގޮތުން ވަނީ މަނާކޮށްފައެވެ. އަދަި އަންނަ މަހުގެ 15ވަނަ ދުވަހުން ފަށައިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމަކީވެސް މަނާ ކަމެކެވެ. އަދި އެކަން ކުރާ ފަރާތަކަށް ބޮޑެޓި އަދަދުން ޖޫރިމަނާކުރަން ގާނޫނުގައި ވަނީ ހިމަނާފައެވެ.