ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިއަދު މަޖިލީހުގައި ކުރެވުނު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ މިއީ ގައުމިއްޔަތާއި، އިގްތިސާދާއި، ލެޔާ ގުޅިފައިވާ މުހިންމު މައްސަލައެއް ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ މަޖިލީހަކީ ގަނެވިއްކާ ބާޒާރަކަށް ހަދައިފި ނަމަ، ގައުމަށް ބޭނުންވާ ތަރައްގީ ހާސިލެއް ނުކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގައި އިތުބާރާއި ޔަގީންކަން ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ވަކި ރައީސަކަށް ތާއީދުކޮށް، އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވުމަށް ފަހު، އެ މެންބަރުން ތިބެންވާނީ އެ ޕާޓީގައެވެ. އަދި މާޒީގައި އެންމެ މެންބަރެއްގެ ސަބަބުން މަޖިލީހުގެ ވޯޓު އެނބުރިގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.