މިހާރު ހިނގަމުންދާ ފުޓްބޯޅަ ސީޒަން ނިމުމުން، ގާޑިއޯލާގެ ކޮންޓްރެކްޓް ހަމަވާ ގޮތަށް އޮތްއިރު، އޭނާ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން ތައްޔާރުވަމުން އަންނަ ކަމަށްވަނީ އަޑުތައް ފެތުރިފައެވެ.
ބްރެޒިލްއަށް ގާޑިއޯލާ ބަދަލުވާނެ ކަމަށް އަޑު އަރާފައިވަނިކޮށް، އުމުރުން 53 އަހަރުގެ ގާޑިއޯލާވަނީ އެއް ސީޒަނަށް ސިޓީގެ ކޮންޓްރެކްޓް އިތުރުކުރަން ނިންމާފައެވެ. އާ އެއްބަސްވުމާއެކު އޭނާ، ސިޓީގައި ހޭދަކުރާ މުއްދަތު 10 އަހަރުވާނެއެވެ.
ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ގާޑިއޯލާ ވަނީ އެ ޓީމަށް 18 ޓްރޮފީ ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ހަ ޕްރިމިއާ ލީގު ތަށްޓާއި ޗެމްޕިއަންސް ލީގުގެ އިތުރުން، ފީފާ ކްލަބް ވޯލްޑް ކަޕް ހިމެނެ އެވެ.