ހަވަނަ ކެރަމް ވޯލްޑްކަޕް އޮތީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ސެން ފްރެންސިސްކޯ ބޭ އޭރިއާގައެވެ. މި މުބާރާތުގެ ޓީމު އިވެންޓުން ދިވެހި އަންހެން އަދި ފިރިހެން ޓީމުންވަނީ ލޯ މެޑެލް ހޯދާފައެވެ. ލޯ މެޑަލް ހިފައިގެން ދިވެހި ޓީމު މާލެ އައީ މިއަދު ހަވީރުއެވެ.
މިއަދު ހަވީރު ގައުމީ ޓީމު މާލެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ.
ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ ފިރިހެން ޓީމު ލޯ މެޑެލް ހޯދީ ސިންގަޕޫރު ބަލިކުރުމަށްފަހުއެވެ. އަންހެން ޓީމު ލޯ މެޑެލް ހޯދީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އެމެރިކާ ބަލިކުރުމަށްފަހުއެވެ.