އިންސްޓަގްރާމްގައި ޕޯސްޓެއް ކުރަމުން ކަންގަނާ ބުނީ، ފިލްމީ އާއިލާތަކުގެ ކުދިން ހަމައެކަނި މޭކަޕްކޮށް، ހަށިގަނޑު ހިއްކައި، އެކްޓަރުންނަށް ވުމުގެ ބަދަލުގައި ކެމެރާ ފަހަތަށް ދިއުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
އާރިއަންގެ ފުރަތަމަ ޑައިރެކްޓިން މަސައްކަތް ކަމަށްވާ "ސްޓާޑަމް" ނެޓްފްލިކްސްގައި ދައްކާނެ ކަމަށް ޝާރުކް ކާން ވަނީ އިއުލާން ކޮށްފަ އެވެ. މި ސީރީޒް ޕްރޮޑިއުސް ކުރާނީ އާރިއަންގެ މަންމަ ގައުރީ ކާން އެވެ. އަދި މި ސީރީޒް 2025 ވަނަ އަހަރު ނެޓްފްލިކްސްގައި ދައްކަން ފަށާނެ އެވެ.