ބޮލިވުޑްގެ މަޝްހޫރު ތަރި އަބިޝެކް ބަޗަން އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސިއްރެއް ހާމަކޮށްފި އެވެ. މިކަން ހާމަކުރީ އޭނާގެ އާ ފިލްމު "އައި ވޮންޓް ޓު ޓޯކް" ގެ މިއުޒިކް ލޯންޗް އިވެންޓުގައެވެ.

Advertisement
އިވެންޓުގައި ވާހަކަދައްކަމުން އަބިޝެކް ބުނީ އޭނާ ވެސް ދިރިއުޅުމުގެ އާދަކާދައިގެ ތާށިވެފައި ހުރި މީހެއް ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ދިރިއުޅުމުގައި މިކަހަލަ ހާލަތެއް ދިމާވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މިވަގުތު އޭނާވެސް އައިޝްވާރިއާ ވެސް ތިބީ "ދިރިއުޅުމުން ބޭރުގައި ތާށިވެފައި" ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އެންމެން ވެސް މި ތިބެނީ ދިރިއުޅުމުގެ އާދަކާދައިގެ ތެރޭގައި ތާށިވެފަ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކުންފުނިތަކުގައި މަސައްކަތް ކުރޭ، އަނެއްބައި މީހުންނަކީ ކަލާކާރުން. ދިރިއުޅުން އަޅުގަނޑުމެންނަށް ކިޔައިދެނީ ކޮން ކަމެއްތޯ އަދި އެކަން ކުރަންވީ ކިހިނެއްތޯ،" އަބިޝެކް ބުންޏެވެ.
ޝޫޖިތް ސަކާ ޑައިރެކްޓް ކުރާ "އައި ވޮންޓް ޓު ޓޯކް" ފިލްމަކީ އަބިޝެކްގެ އާ ފިލްމެކެވެ. މި ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން އޭނާ ދަނީ އެކި އިންޓަވިއުތަކުގައި ބައިވެރިވަމުންނެވެ.