ތުޅާދޫ ޓީމުން ހޯދީ ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަމެވެ. ޒެފްރޯލުން ހޯދީ، އަންހެން ޗެމްޕިއަކަންކަމެވެ. ރޭ ކުޅުނު ފިރިހެން ފައިނަލް މެޗުން ތުޅާދޫ ޔަންގް އީގަލް މޮޅުވީ އޮޑި ސްޕޯޓްސް ކުލަބު އަތުން 18-16 ގެ ނަތީޖާއަކުންނެވެ.
އަންހެން ޗެމްޕިއަންކަން ޒެފްރޯލް އިން ހޯދީ ފައިނަލް މެޗުގައި އިސްލޭނޯ ސްޕޯޓްސް ކުލަބު އަތުން 19-9 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި އަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމެއް ވާދަކުރިއިރު، ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމު ވާދަކުރިއެވެ.