ރިއާލުން 24 ލޮކަރެއް ނީލަން ކިޔާއިރު، އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ޑޭވިޑް ބެކަމް އަދި ޒައިނުއްދީން ޒިދާން ބޭނުންކުރި ލޮކަރުތައްވެސް ހިމެނެއެވެ. ލޮކަރުތައް ނީލަން ކިޔާއިރު ރިއާލުން އަންނަނީ ޗޭންޖިން ރޫމް ރިނޮވޭޓްވެސް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑްރެސިން ރޫމްގެ 24 ލޮކަރު ބޭނުންކުރީ 2001 އިން 2022 އަށް ރޮނާލްޑޯ، ބެކަމް، ޒިނެޑައިން ޒިދާން، ސާޖިއޯ ރާމޯސް އަދި ލުއިސް ފީގޯ ފަދަ ލެޖެންޑުންނެވެ. މީގެ އިތުރުން ކަރީމް ބެންޒެމާ، ވިނިޝިއަސް ޖޫނިއާ އަދި ލޫކާ މޮޑްރިޗްވެސް މި ލޮކަރުތައް ބޭނުން ކުރިއެވެ.
ރިއާލްގެ ލޮކަރުތައް ނީލަން ކިޔުން ނޮވެމްބަރު މަހުގެ 12 އިން ފެށިގެން ދެ ހަފްތާއަށް ކުރިއަށްދާނެއެވެ. ނީލަމުގައި މިއިން ލޮކަރެއް ރިޒާވް ކުރުމަށް 10،000 ޕައުންޑް ދައްކަން ޖެހެއެވެ. ނީލަމުން ލިބޭ ބައެއް ފައިސާ ދާނީ ޗެރިޓީއަށެވެ.