ads
ޝައިނަ އަދި ކޮޕީ އިއްސެ
ކޮޕީ އިއްސެގެ ހިފެހެއްޓުމެއް ނެތް ތައުރީފު ޝައިނާ އަށް!
"މިސް ޔުނިވާސް" ގެ 73 ވަނަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެ ޝައިނާ ކުރި ހިއްވަރާއި، އޭނާ ދިވެހިރާއްޖެއަށް ހޯދައި ދިން ރީތި ނަމަށް މަޝްހޫރު ފިލްމީތަރި އިސްލާމައިލް ރަޝީދު (ކޮޕީ އިއްސެ) ތައުރީފުކޮށްފިއެވެ.
Advertisement

"ސާކް ފިލްމު ފެސްޓިވަލް" ގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ އިއްސެ ވަނީ ދިވެހިރާއްޖޭގައި އާޓީސްޓުންނާއި ފިލްމީ ދާއިރާއަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މިދިޔަ ހުކުރު ދުވަހު ރާއްޖެ ޓީވީގެ "ފަސް ސުވާލު" ޕްރޮގްރާމުގައި ވާހަކަ ދައްކާފައެވެ. 

މިގޮތުން އިއްސެ ފާހަގަކުރިގޮތުގައި ފިލްމީ ދާއިރާއާއި، އާޓިސްޓުންނަށް އެއްވެސް ސަރުކަރަކުން އެކަށީގެންވާ ގޮތެއްގައި އަޅާލާފައެއް ނުވެއެވެ. އަދި ކުޅިވަރުތައް ކުރިއަރުވާގޮތަށް އާޓިސްޓުންނާއި ފިލްމު އިންޓަސްޓްރީ ކުރިއަރުވަން ނޫޅެނީ ކީއްވެތޯ އިއްސެ ވަނީ ސުވާލު ކޮށްފައެވެ. 

އިއްސެ ވަނީ މީގެ ކުރިން ދެ ގައުމީ އެވޯޑު ވެސް ހާސިލްކޮށްފައެވެ. އެއީ ފިލްމު "ހޭލާ" އިން ކާމިޔާބު ކުރި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި މޫމިން ފުވާދުގެ "ލޫދިފާ" އިން އެންމެ މޮޅު އެކްޓަރުގެ މަގާމެވެ. ފިލްމީ ދާއިރާއިން ގައުމީ އެވޯޑުވެސް އިއްސެ ވަނީ ހާސިލްކޮށްފައެވެ.

your imageކޮޕީ އިއްސެ ބީވީމާގެ ޕޯސްޓާރުގައި

އެންމެ ސިނަމާއެއް ހުރުމަކީ އާޓިސްޓުނަށް އަޅާނުލާކަމުގެ ހެއްކެއް: އިއްސެ

އިއްސެ ބުނީ ދިވެހިރާއްޖޭގައި މޮޅެތި ފިލްމު ލިޔާ މީހުންނާއި ދުނިޔޭގެ ފެންވަރުގެ އާޓިސްޓުން ވެސް އެބަތިބިކަމަށެވެ. އެހެން ކަމުން އާޓިސްޓުން ވަކި ހަރުފަތަކަށް ދިޔަ ނުދީ ހިފަހައްޓާ ކަމުގެ އިހުސާސް ކުރެވޭކަމަށެވެ. 

"ރާއްޖޭގަ ވަރުގަދަ ލިޔުންތެރިން އެބަތިބި ފިލްމު ލިޔާމީހުން. އާޓިސްޓުން ނެތިގެންނެއް ނޫން. ފިލްމުކުޅޭ މީހުން މިނެކިރޭނީ މިކަހަލަ ގޮތަކަށް. ހަމަ މަސައްކަތް ކޮށްގެން ބައިވަރު މީހުން ލާރި ހޯދާ ދާއިރާއެއް މީ. މުޅިރާއްޖޭގަ ހުރި ފަސްލައްކަ މީހުންނަށް މީނީ އެންމެ ސިނަމާއެއް, ދެ ސިނަމާ އަޅާފިއްޔާ ލިބޭ އެއްޗެއް ދެ ގުނަ ވާނެ. ތިން ސިނަމާ އަޅާފިއްޔާ ތިން ގުނަ ވާނެ،" އިއްސެ ބުންޏެވެ. 

އިއްސެ ބުނީ މިސާލެއްގެ ގޮތުން ދިވެހިރާއްޖޭގައި އެތައް ބައިވަރު ފުޓުބޯޅަ ދަނޑާއި ފުޓްސެލް ދަނޑުވެސް އަޅާކަމަށެވެ. ނަމަވެސް މުޅި ރާއްޖޭގައި ސިނަމާ އެޅުމުގެ ވިސްނުން ނުގެންދާކަމަށެވެ. 

"ދެން ބަލާ ފުޓުބޯޅާ ދަނޑު އޮތް ވަރު. ބަލާލަ ބަލަ ދެން ކީއްވެގެންބާ މިކަން ނުވެގެން މިއުޅެނީ. ހެއްކެއްތާ އެހަކަށްދުވަހު އެޅުވި ކަމަނާ ފިލްމު. ހެސްކިޔާފަ އެއޮތީ ހިނގާފަ. ގަލޮޅު ދަނޑަށް ވަންނާނެ މީހަކު ނުވޭ. ސިނަމާއަށް ވަދޭ 150 ރުފިޔާ ދީފަވެސް.،" ފިލްމީ އިންޑަސްޓްރީއަށް ދިވެހިން އަދިވެސް ލޯބިކުރާކަން ހާމަކޮށްދެނުން އިއްސެ ބުންޏެވެ. 

އިއްސެ ބުނީ ސަރުކާރުތަކުން ފިލްމީ އިންޑަސްޓްރީއަށް އެކަށީގެންވާ ވަސީލަށްތައް ފޯރުކޮށް ނުދޭތީ ދާއިރާގެ މީހުންގެ މެދުގައި ހަމަނުޖެހުން އުފެދޭކަމަށެވެ.

"އެއް ސިނަމާ ހުރީމަ އަހަރުމެން އަރުމެންނާ މި ޖެހެނީ. އަހަރުމެންގެ ޕްރޮޑިއުސަރުންނަށް އަރުމްނެންނާ މި އަހާރު މި ޖެހެނީ. ދެން މިހެން ރޮއެ ހޭރި ގަތީމަ ގޮސް ކޭކެއްގަ އައިސިން އަޅާލާހެން ގޮސް އޮލިންޕަހުގަ ކުލަވައްޓާލާފަ. މިހާރު އެ ޒަމާނެއް ނޫނޭ މީއީކީ. މިސާލަކަށް ހުޅުމާލެއަށް ވެސް ސިނަމާއެއް ކިހާ މުހިންމު. އެމީހުން މިކޮޅަށް އަންނަންޏާ ޑަބަލް ލާރި ދީފަ އަންނަން ޖެހޭނީ. ކާރެއްގަ އަަޔަށް 150 ރުފިޔާ ދާނެތާ ޓްރެވަލިންއަށްވެސް،" -ފިލްމީ ތަރި ކޮޕީ އިއްސެ- 

އާޓިސްޓުން ހިފަހައްޓަން މަސައްކަތް ކުރިއަސް އެކަމެއް ނުވާނެ:

އިއްސެ ބުނީ އާޓިސްޓުނާއި އާޓަކީ ހިފެހެއްޓޭނެ އެއްޗެއް ނޫންކަމަށާއި، މިިގޮތުން އޭގެ މިސާލަކީ ދާދިފަހުން ދިވެހިރާއްޖެ މުޅި ދުނިޔޭގައި ތަމްސީލުކުރަން ދިޔަ "ޓޮޕް މޮޑެލް މޯލްޑިވްސް 2022 ކާމިޔާބުކުރި" ޝައިނާ ކަމަށެވެ. 

"އެގޮތަށް މިނެކިރެންޔާ ނެތެއްނު އަރުމެންނަށް ބެލިފަކައެއް. ހަގީގަތަކީ އެއީ. އެކަމަކު އިންޑިވިޖުއަލީ އާޓިސްޓުން އެ ހޯދާ ކާމިޔާބީ ބަލާބަލަ. ތޮރުފާލާފަ ވެސް ގޮސް އެއޮއް ދަމާ ގެންނަނީނު. މި ސަލާކަށް މިސް ޔުނިވާސްއަށް އެ ދިޔައީ. އަދިކިރިޔާ ދޯ ދިވެހިރާއްޖޭގެ އަންހެނެއް ތަމްސީލު ކުރީ މުޅި ދުނިޔެ. އަދިކިރިޔާއޭ.." އިއްސެ ބުންޏެވެ. 

your imageމަރިޔަމް ޝައިނާ

ދިވެހި ސަރުކާރުން އޮކްޓޫބަރު މަހު 30 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސް ޔުނިވާސް މުބާރާތުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

މި މުބާރާތް ބެއްވީ މި މަހުގެ 14 އިން 16 އަށް މެކްސިކޯގައެވެ. އެ މު ބާރާތަށް ޝައިނާ ދާން ބައެއް މީހުން ދެކޮޅު ހެދިނަމަ ވެސް އޭނަ ވަނީ 130 ގައުމާއި ވާދަކޮށްގެން 30 ވަނަ ހޯދާފައެވެ. 

ރާއްޖޭގެ އިތުރުން އެމިރޭޓްސް، ސޯމާލިއާ، ބެލަރޫސް، އިރާން އަދި އުޒްބަކިސްތާނަކީވެސް މި މުބާރާތުގައި އަލަށް ބައިވެރިވިއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް