ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން 3-0 އިން އޮއުގްސްބާގް އަތުން މޮޅުވި މެޗުގައި، ތިން ލަނޑުވެސް ޖެހީ ކޭންއެވެ. ރޭގެ މެޗުގައި، ޖެހި ގޯލުތަކާ އެކު، ކޭން ވަނީ ލީގުގައި ކުޅުނު 43 މެޗުން 50 ގޯލު ޖަހައިފަ އެވެ. ކޭން އަކީ ޖަރުމަނު ލީގުގެ ތާރީހުގައި އެންމެ އަވަހަށް 50 ގޯލު ހަމަކުރި ކުޅުންތެރިޔާ އެވެ.
މީގެ ކުރިން، އެ ރެކޯޑް އޮތީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުރިން ކުޅުނު އާލިން ބްރައުޓް ހާލަންޑް އަތުގަ އެވެ. މެންޗެސްޓާ ސިޓީ އަށް ކުޅޭ ހާލަންޑް ވަނީ ޖަރުމަނު ލީގުގައި ފުރަތަމަ ކުޅުނު 50 މެޗުން 50 ގޯލު ޖަހައިފަ އެވެ.