ނަބާ އަދި ނަބީއަކީ އެއް މާބަނޑު ދެބެއިންނެވެ. މީގެ ކުރިން ނަބާ އާއި ނަބީ ވަނީ ގައުމީ ފައިނަލުގައި ބައްދަލުކޮށްފައިވީނަމަވެސް އިންޓަނޭޝަނަލް ފައިނަލެއްގައި މިއީ މި ދެބެން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ.
ބޮޓްސްވާނާ މުބާރާތުގެ ފައިނަލަށް ނަބާ އަދި ނަބީ ދިޔައީ އަންހެން ސިންގަލްސް ސެމީ ފައިނަލުގައި، އަޒަރުބައިޖާންގެ ދެ ކުޅުންތެރިން ބަލިކޮށްގެނެވެ.
މި މުބާރާތުގެ އަންހެން ފައިނަލުގައި ނަބާ އަދި ނަބީ ކުޅެން ޖެހުމުން، އަންހެން ރަން މެޑަލް އަދި ރިހި މެޑަލް ރާއްޖެއަށް ކަށަވަރުވީއެވެ.