މިދިޔަ ހަފްތާގައި މީޑިއާގައި އާއްމުވި އެއް ވާހަކައަކީ، ފެނަބާޗޭއަށް ރޮނާލްޑޯ ގެނައުމަށް ރޮނާލްޑޯގެ ކުރީގެ ކޯޗު މޮރީނިއޯ މަސައްކަތް ކުރި ވާހަކައެވެ. ރޮނާލްޑޯއަށް މޮރީނިއޯ ގުޅި ކަމަށްވެސް ރިޕޯޓްތައް ފެތުރުނެވެ.
އެކަމުގެ ތަފްސީލްތައް ކިޔައި ދެމުން މޮރީނިއޯ ބުނީ، އޭނާ ރޮނާލްޑޯއަށް ގުޅީ އެކުގައި ކެއުމަކަށް ދާން ވެގެން ކަމަށެވެ. އަދި ފެނަބާޗޭއަށް ރޮނާލްޑޯ ގެނައުމާ ގުޅޭ އެއްވެސް ވާހަކައެއް ނުދެކޭ ކަމަށް މޮރީނިއޯ ބުންޏެވެ.
މިދިޔަ އަހަރު އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާނެ އެވެ. އަލް ހިލާލުން ރޮނާލްޑޯ ގެންދަން ވާހަކަ ދައްކާ ކަމަށް ވެސް މީޑިއާގައި ވާހަކަދެކެވޭއިރު، ރޮނާލްޑޯގެ ފުރަތަމަ ކްލަބް ސްޕޯޓިން ލިޒްބަން އިން ވެސް އޭނާ އެ ޓީމަަށް ކުޅުވަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.