އައްޑޫ ކައުންސިލްގެ އެސްޖީގެ މަގާމާއި އިމާދު ހަވާލުވެވަޑައިގެންނެވީ އިއްޔެ އެވެ.
އެ މަގާމުގައި އެންމެފަހުން ހުންނެވި މުހައްމަދު ޝުޖާއު ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެ މަގާމަށް ޝުޖާއު އައްޔަންކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ.
2022 ވަނަ އަހަރު ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރިއާ އެންޑް ލޯ ހާސިލު ކުރައްވާފައިވާ އިމާދު އެންމެފަހުން ހުންނެވީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުގަ އެވެ. އެ މަގާމުން މިދިޔަ ޖުލައި މަހު އޭނާ ވަނީ ވަކިކޮށްފަ އެވެ.