ads
ގައުމީ ޓީމުގެ ކުޅުންތެރިން
ކުޅިވަރު ގާނޫނަށް އަނެއްކާ ވެސް އިސްލާހުތަކެއް
ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް ގެންނަން އަނެއްކާ ވެސް ހުށަހަޅައިފި އެވެ.
Advertisement

ކުޅިވަރު ގާނޫނަކީ 2015 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެކެވެ. މި ގާނޫނަށް މި ފަހަރު އިސްލާހު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

ލަތީފު ހުށަހެޅުއްވި އިސްލާހަކީ ދިވެހި ރާއްޖެ އާއި، ރާއްޖޭން ބޭރުން ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް ގައުމީ ކުޅިވަރު ފަންޑެއް އުފެއްދުމަށް ލާޒިމު ކުރުމުގެ އިސްލާހެވެ. ކުޅިވަރުގެ ގާނޫނަށް ހުށައެޅުއްވި އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގައި ލަތީފް ވިދާޅުވީ އަދުގެ ސަރުކާރުން ކުޅިވަރު ކުޅޭ ފަރާތްތަކާއި، ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކާއި، ކުޅިވަރަށް އެކި ގޮތްގޮތުން ހަރަދު ކުރާ މީހުންނަށް ފުރިހަމަ ގާނޫނެއްގެ ތެރެއިން ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް އިސްކަން ދެއްވާ ކަމަށެވެ. 

އަދި މިހާރު ހުށައަޅުއްވާފައިވާ އިސްލާހުން ކުޅިވަރުގެ ހުރިހާ ވަސީލަތްތަކާއި، ހިދުމަތްތައް ފޯރުކޮށް ދިނުމަށް ވެސް ބާރު އަޅާކަމަށް ލަތީފް ވިދާޅުވި އެވެ.

ކުޅިވަރާއި ބެހޭ ގާނޫނަށް މިދިޔަ 19 ވަނަ މަޖިލީހުން ވެސް އިސްލާހުތަކެއް ހުށަހަޅައި މަޖިލީހުގައި ގިނަ ބަހުސްތަކެއް ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް