ޗެމްޕިއަންސް ލީގުގައި ރިއާލް މެޑްރިޑާ ލިވަޕޫލް ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭއެވެ. ވިނީޝައުސްއަށް އަނިޔާވީ، އާދިއްތަ ދުވަހުގެރޭ ރެއާލުން ސްޕެނިޝް ލީގުގައި ލެގަނޭސް އަތުން މޮޅުވި މެޗުގައެވެ. އެ މެޗުގައި ފުލްކޮށް އޭނާ ކުޅުން ނަމަވެސް ޗެމްޕިއަންސް ލީގު މެޗަށް ނެގި ސްކޮޑުގައި އޭނާ ނެތީ އަނިޔާގެ ސަބަބުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ރިއަލްގެ މެޑިކަލް ޓީމުން ވިނީޝިއުސް ބެލުމަށް ފަހު ރިކޮމެންޑްކޮށްފައިވަނީ ކުރިއަށް އޮތް މެޗުގައި ނުކުޅޭށެވެ.
ޗެމްޕިއަންސް ލީގުގެ ތަށި 15 ފަހަރު ހޯދާފައިވާ ރެއާލުން މި ފަހަރު އާ ފޯމެޓެއްގައި ކުޅޭ މުބާރާތުގެ 36 ޓީމުގެ ލީގު ބުރުގައި މި ވަގުތު އޮތީ 18 ވަނައިގަ އެވެ. ލިވަޕޫލް އޮތީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ލީގު ތާވަލުގެ އެއް ވަނައިގަ އެވެ.