ads
ހަނިމާދޫ އެއާޕޯޓްގެ ކުރެހުމެއް
ހަނިމާދޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
ހދ . ހަނިމާދޫގައި ސީ ޕްލޭން ޓާމިނަލެއް އަޅާ އެރަށުގައި ސީ ޕްލޭން ހިދުމަތް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
Advertisement

އެ ކުންފުނިން މިހެން ބުނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީގެ ސަބް ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ނިމޭއިރު އެ ރަށުގައި ސީ ޕްލޭންގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ސީޕްލޭން ޓާމިނަލް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަންވެސް މުޖުތަބާ ފާހަގަކުރެއްވިއެވެ. 

އޭނާ ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓެއް ފީޒިބަލް ތަނަކަށް ވެގެންދާނީ ކައިރީގައި އޮންނަ ރިސޯޓްތަކަށް މީހުން ގެންދެވިގެންކަމަށެވެ. އެހެންކަމުން މި ސީ ޕްލޭނުން ކުރާނީ ކައިރީގައި ހުންނަ ބެޑްތަކަށް ފަސިންޖަރުން ގެންދިޔުންކަމަށް މުޖްތަބާ ވިދާޅުވިއެވެ. 

ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް ހުޅުވެންވާއިރަށް ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ ބޭނުންކުރަން ނުފެށުނު ނަމަވެސް ސީޕްލޭން ކުޑަ ޓާމިނަލެއް ހަދައި ހިދުމަތް ފަށަން ޕްލޭން ކުރަމުން އަންނަކަމަށް މުޖްތަބާ ވިދާޅުވިއެވެ.

" އޭރުން ހަމަ ގައިމު ވެސް ނެރޯ ބޮޑީސްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އެއްބައި ފްލައިޓްތައް ހަނިމާދުއަށް މޫވްކުރެވޭނެ،" މުޖުތަބާ ވިދާޅުވިއެވެ.

your imageއެމްއޭސީއެލްގެ އިސްވެރިން މަޖިލީހުގެ ކޮމެޓީގައި 

ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއަކީ މުޅި އުތުރުގެ ފަތުރުވެރިކަމާއި ގުޅިފައިވާ ބޮޑުތިލަދުންމަތީގެ އިގުތިސޯދާއި ސީދާ ގުޅިފައިވާ މަޝްރޫއެކެވެ. މިމަސްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މި އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް