ads
އެމްއެފްޑީއޭގެ ލެބެއްގައި ޓެސްޓްތައް ހަދަނީ
ތަދުކަނޑުވާ 2 ބޭހަކުން ނުރައްކާތެރި ދެ މާއްދާއެއް ފެނިއްޖެ: އެމްއެފްޑިއޭ
ރާއްޖޭގަިއ ތަދުކެނޑުވުމަށް ބޭނުންކުރާ 2 ބޭހަކުން ނުރައްކާތެރި ކެމިކަލް ދެ މާއްދާއެއް ހޯދިފައިވާކަމަށް މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
Advertisement

އެމްއެފްޑީއޭ އިން ނެރުނު އިއުލާނުގައި ބުނީ ރާއްޖޭގެ މާކެޓުން، Mefnac suspension 50mg/5ml (Mefaenamic acid) އަދި Axcel Mefenamic acid suspension 125/5 ml (mefaenamic acid) އިން ސާމްޕަލް ނަގާ ސްކްރީން ކޮށްފައިވާކަމަށެވެ.

އެގޮތުން ތަދުކެނޑުވުމަށް ބޭނުން ކުރާ މި ދެބޭހުން ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް DEG އަދި އިތައިލީން ގްލައިކޯލް EG އަށް ޕޮސިޓިވް ވެފައިވާކަމަށް އެމްއެފްޑިއޭ އިން ބުނެއެވެ.

your imageފޮޓޯ: ހެލްތް ވަޔާ

މެފްނެކް އަކީ ޕާކިސްތާންގެ އީފްރޯޒް ކެމިކަލް އިންޑަސްޓްރީއިން އުފައްދާ ބޭހެކެވެ. އަދި އެކްސެލް އަކީ މެލޭޝިއާގެ ކޮޓްރާ ފާމާ އިން އުފައްދާ ބޭހެކެވެ.

އެމްއެފްޑީއޭ އިން ބުނީ މި ދެ ބޭހުގެ ކޮންފާމޭޓްރީ ޓެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އެހެންކަމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ދެ ބޭހުގެ އެއްވެސް ބެޗެއް  އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ރާއްޖެއަށް އެތެރެ ކުރުމާއި ، ވިއްކުމާއި ، ބޭނުންކުރުން ވަގުތީގޮތުން  ވަނީ މަނާކޮށްފައެވެ.

އޭގެއިތުރުން ބޭސްފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި 2 ބޭސް ސްޓޮކާއި ވަކިކޮށް ބެހެއްތުމަށް އެ އޮތޮރިޓީން ވަނީ އިލްތިލމާސްކޮށްފައެވެ. އަދި ބޭސް ވިއްކާ ، ބެސް ގަންނަ ރައްޔިތުންނަށް ސަމާލުވުމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އޮޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިްނ އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް