ads
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން ބޭރު ގައުމަކުން 500 ރިކުއެސްޓު ލިބުނު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނޭ -- ފޮޓޯ/ އެމްއެންޔޫ
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން ބޭރު ގައުމަކުން 500 ރިކުއެސްޓު ލިބިއްޖެ
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ގާއިމް ކޮށްފައިވާ މެޑިކަލް ސްކޫލްގައި ކިޔަވަން، ބޭރު ގައުމަކުން 500 ރިކުއެސްޓް ލިބުނު ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
Advertisement

ދައުލަތުގެ މީޑިއާގައި ވާހަަކަދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ދިވެހިން މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށްދާ އުސޫލުން ބޭރު ގައުމުތަކުގެ ކުދިން ރާއްޖޭގައި ކިޔެވުމަށް ބޭނުންވާ ހުށަހަޅާ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ. 

އެގޮތުން މެޑިކަލް ސްކޫލުގެ ޖެނުއަރީ އިންޓޭކުގައި ކިޔެވުމަށް އެއް ގައުމަކުން 500 އެޕްލިކޭޝަން ލިބުނު ކަމުގައި ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

ނަޒީރު ވިދާޅުވީ މެޑިކަލް ސްކޫލަކީ އަދި ފަށައިގެންތާ މާގިނަ އަހަރުތަކެއް ވެފައިވާ ތަނަކަށް ނުވާތީ އެތަނަށް ޖާގައާއި ވަސީލަތުގެ ދަތިކަން މިވަގުތު އެބަހުރި ކަމަށެވެ. އެހެންކަމުން މިވަގުތު މެޑިކަލް ސްކޫލުގައި ޖާގަ ދެވެން އޮތީ ހަމައެކަނި ދިވެހިންނަށް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތަކީ އެ ބިމުގައި ވީއެންމެ އަވަހަށް ފެންވަރު ރަނގަޅު މެޑިކަލް ސްކޫލަކާއި ދަނާލެއް ބިނާކޮށް ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުން. ބޭރުގެ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއަށް ގެނައުން އިތުރުކުރުމަށްޓަކައި ވިސާގެ ލުއިތަކާއި އެހެންވެސް އިންތިޒާމުތައް ފަސޭހައިން ހަމަޖެހޭނެ ގޮތް ހެދުމަށް ކަމާ ގުޅޭ ގާނޫނެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފަ" ނަޒީރު ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ، ހުޅުމާލޭގައި އެއްފަހަރާ 400 ދަރިވަރުންނަށް ކިޔެވޭ ވަރުގެ މެޑިކަލް ސްކޫލަކާއި، 250 އެނދުގެ ޓީޗިން ހޮސްޕިޓަލެއް އެޅުމަށް ނިންމައިފައެވެ.

ނަޒީރު ވިދާޅުވި ގޮތުގައި މިއީ ވިޒިޓާ އިކޮނަމީގެ ދަށުން ބޭރު ގައުމުތަކުގެ ދަރިވަރުން ތައުލީމުގެ ބޭނުމަށް ރާއްޖެ ގެނައުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމޭއިރު، ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ފަސް އިންސައްތައަކީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ހެދުމެވެ.

ސަރުކާރުގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ ފަސް އިންސައްތަ އަކީ ބޭރުގެ ދަރިވަރުން ކަމަށް ހެދުމެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް