ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ހިމެނޭ ރަށަކުން، ޖިންސީ ގޯނާގެ އެ މައްސަލަ ރިޕޯޓު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ކުއްޖާއާ ބެހުނު މީހާ އަކީ އެ ކުއްޖާ ދާ ގުރުއާން ކުލާސް ހިންގާ ގާރީ އެވެ. އަދި އޭނަ އަކީ ރަށު މިސްކިތެއްގެ މުދިމެއް ވެސް މެ އެވެ.
ނަމަވެސް ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަ ތަކަކީ ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ކުރިއަށް ގެންދާ މައްސަލަތަކަކަށް ވާތީ އެ ކުދިން ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން އެއްވެސް އިރަކު ހާމައެއް ނުކުރެ އެވެ.