ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރިއަށް ގެންދިޔަ ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހައްވަ އާއި މާޖިގެ ޕެއާ އިން ހޯދީ ފައިނަލުގައި ފާތިމަތު ޒީނިއާ އާއި އައިމިނަތު އަރީޝާ (އަރީ)ގެ ޕެއާ ބަލިކޮށްގެނެވެ.
ރޭ ހުޅުމާލެ ޔޫތު ޕާކު ބީޗްވޮލީބޯލް ކޯޓުގައި ކުރިއަށްދިޔަ ފައިނަލް މެޗު މާޖި އާއި ހައްވަގެ ޕެއާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-18, 21-17 އަދި 15-12 އިންނެވެ.
ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަރީ އާއި ޒީނިއާގެ ޕެއާ އިންނެވެ. ލީގުގެ ދެވަނަ އަށް ދިޔައީ ހައްވަ އާއި މާޖިގެ ޕެއާ އެވެ.