އިޒްރޭލުން ވެސް ރާއްޖެ ބޮއިކޮޓްކޮށްފައިވާކަމަށް މަޓާޓޯއިން ހާމަކޮށްފި
ގުފްތަގް އަޖީރު
27 ނޮވެންބަރ 2024 - 11:38:42
އިޒުރޭލުން ރާއްޖެ ބޮއިކޮޓް ކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 10 އަހަރު ތެރޭގައި ވެސް އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އަންނަ ތަން ނުފެންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަދައްކަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ބުނީ އިޒުރޭލު ޕާސްޕޯޓު މަނާކުރުމުގައި އެންމެ ރަނގަޅީ ޓާގެޓެޑް އެޕްރޯޗަކަށް ދިއުން ކަމަށެވެ. އެގޮތުން އެ ގައުމުގެ ހުރިހާ ރައްޔިތުންގެ ޕާސްޕޯޓު މަނާކުރުމުގެ ބަދަލުގައި ހަމައެކަނި އެ ގައުމުގެ ވެރިންގެ ޕާސްޕޯޓު މަނާކުރަން އެ އެސޯސިއޭޝަނުން ތާއީދުކުރާ ކަމަށް ބުންޏެވެ.
އިޒުރޭލު ޕާސްޕޯޓު ގެންގުޅުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ގައުމުތަކުގެ މީހުން ވެސް އިޒުރޭލު ޕާސްޕޯޓު ބޭނުންކުރާ ކަމަށް ގިޔާސް ބުންޏެވެ. އެގޮތުން ރަޝިއާގެ ގިނަ މީހުންނާއި ފަލަސްތީނުގައި އުޅޭ މީހުން ވެސް އިސްރާއީލު ޕާސްޕޯޓު ބޭނުންކުރާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، އިޒުރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުގެ ފަހަތުގައިވާ ގައުމުތަކަށް ވެސް ބަލަންޖެހޭ ކަމަށް ގިޔާސް ބުންޏެވެ.
- ކުރިއަށް އޮތް 10 އަހަރު ތެރޭ އިޒުރޭލު ޓޫރިސްޓުން ރާއްޖެ ނާންނާނެ
- މަޓާޓޯއިން އެދެނީ ހަމައެކަނި އިޒުރޭލު ވެރިންގެ ޕާސްޕޯޓު މަނާކުރަން
- ރަޝިއާ އާއި ފަލަސްތީނު މީހުން ވެސް އިޒުރޭލު ޕާސްޕޯޓު ބޭނުންކުރޭ
- ފަލަސްތީނުގެ މައްސަލައިގައި އެހެން ގައުމުތަކުގެ ދައުރަށް ވެސް ބަލަންޖެހޭ
86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް