ads
ޓްރެއިނިން ހަދާ ޕައިލެޓުން ބޭނުންކުރާ ބޯޓުތަކެއް
ބުރަފަތީގައި ޖެހި އަނިޔާވި ފައިލެޓުގެ ހާލު ސަރުކާރުންދަނީ ސީރިއަސްކޮށް ބަލަމުން
ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ، ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ސަރުކާރުން ދަނީ ވަރަށް ކައިރިން އޭނާގެ ހާލު ބަލަމުންކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ހަލީލް ވިދާޅުވެޖެއެވެ.
Advertisement

މާނިއުއަށް އަނިޔާވެފައިވަނީ ޓްރެއިނިން ހެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންނެވެ. މި ހާދިސާއާ ގުޅިގެން މާނިއުއަށް ދެ ސާޖަރީއެއް ހަދާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ފުރަތަމަ ސާޖަރީ ހެދުމަށްފަހު އޭނާ ބޭއްވީ އައިސީޔޫގައެވެ.

ފޮރިން މިނިސްޓަރު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާގޮތުން، މިނިސްޓަރު ވަނީ މާނިއުގެ ބައްޕަ އާމިރުއާ ފޯނުން ގުޅާ ދަރިވަރުގެ ހާލަތާ ގުޅޭގޮތުން އޮޅުން ފިލުވާފައެވެ.

މާނިއުގެ މަންމައާއި ބޭބެ މިހާރު ވަނީ ފިލިޕީންސްއަށް ގޮސްފައެވެ. ހާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުންނެވެ.

ފޮރިން މިނިސްޓްރީގެ އިތުރުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ވަނީ މާނިއުގެ ހާލު ބެލުމަށް ގުޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް