ads
ފޮރިން މިނިސްޓަރު ހަލީލު ތުރުކީގައި
ފޮރިން މިނިސްޓަރު ތުރުކީގައި ހަތަރު ގައުމެއްގެ މިނިސްޓަރުންނާ ބައްދަލުކޮށްފި
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޑިޕްލޮމެސީ ފޯރަމުގައި ބައިވެރިވުމަށް ދަތުރުކުރެއްވި ފޮރިން މިނިސްޓަރު ޑރ. އަބްދުއްލާ ހަލީލު ވަނީ ހަތަރު ގައުމެއްގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައިފިއެވެ.
Advertisement

މި ބައްދަލުވުންތައް ބޭއްވިފައިވަނީ މި މަހުގެ 11 އިން 13 އަށް ކުރިއަށްދާ ޑިޕްލޮމެސީ ފޯރަމުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓަރު ހޮނިހިރު ދުވަހު ބައްދަލުކުރެއްވި ގައުމުތަކުގެ ތެރޭގައި ގެމްބިއާގެ ފޮރިން މިނިސްޓަރު ޑރ. މަމަޑޫ ތަންގަރާ، އެންގޯލާގެ ފޮރިން މިނިސްޓަރު އެމްބެސެޑަރު ޓެޓޭ އެންޓޯނިއޯ، ގާނާގެ ފޮރިން މިނިސްޓަރު ސަމުއެލް އެކުޖެޓޫ އަބްލަކްވާ އަދި އަޒަރުބައިޖާނުގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޮވް ހިމެނެއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ދެ ގައުމުތަކުގެ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނެވެ.

ގާނާގެ ފޮރިން މިނިސްޓަރާއެކު ބޭއްވުނު ބައްދަލުވުމުގައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ޓޫރިޒަމް އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. އަދި އަޒަރުބައިޖާނުގެ ފޮރިން މިނިސްޓަރާއެކު ބޭއްވުނު ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. ހަލީލު ވަނީ ހުކުރު ދުވަހު ތުރުކީވިލާތުގެ ބައެއް މިނިސްޓަރުންނާއި، ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯއާވެސް ބައްދަލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް