ads
ރައްޔިތުންގެ މަޖިލީސް ތަޅުން
ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
Advertisement

ފިސްކަލް ޒިންމާގެ ބިލުގައިވާ ގޮތުން، އެ ބިލު ހުށަހެޅީ ދައުލަތުގެ ފިސްކަލް ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލު ކުރެވޭނެ ގޮތަށް، ދެފުށް ފެންނަ ޒިންމާދާރު ގޮތެއްގައިކަން ކަމަށަވަރު ކުރުމަށް ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހަޅުއްވާފައިވާ އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 81 މެންބަރުންގެ ވޯޓުންނެވެ. ދެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ. 

ދަރަންޏާ ބެހޭ ބިލުގެ ބޭނުމަކީ ދައުލަތުން ދަރަނި ނަގާ ބޭނުން ކުރަނީ ގައުމުގެ އިގްތިސާދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމެވެ.

ދަރަންޏާ ބެހޭ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. މި ބިލު ވެސް ފާސްކޮށްފައި ވަނީ 81 މެންބަރުންގެ ވޯޓުންނެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ރާއްޖޭގެ އާބަން ސަރަހައްދުތަކެއް ކަނޑައެޅުމާއި ތަރައްގީކުރުމާ ގުޅޭ އުސޫލުތައް ހިމަނައި ސަރުކާރުން މަޖިލީހަށް ހުށަހެޅި އާބަން ޑިވެލޮޕްމެންޓު ބިލާއި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓު ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ދައުރު އަންނަ މަހު 15އާ ހަމައަށް ދިގު ދަންމާލަން ވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް