ބްރެޒިލްގެ ޑައިވަރެއް ކަމަށްވާ ލިލިއަން ޓަގްލިއަރީ އަށް މިޔަރު ހަމަލާދިން މަންޒަރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. މި ވީޑިއޯ މިހާތަނަށް 4 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމަށް އިންސްޓަގްރާމުން ދައްކައެވެ.
ބްރެޒިލް މީހާ ގައިގައި މިޔަރު ދަތް އެޅުން
ލިލިއަން އިންސްޓަގްރާމްގައި ބުނީ މިޔަރު ހަމަލާދިނީ އޭނާ ކަނޑުގައި ފީނާލައިގެން އުޅެނިކޮށް ކަމަށެވެ. އަދި މިޔަރު ހަމަލާދިނުމުން އޭނާގެ ފައިގައި ދަތުގެ ނިޝާން ހުރި ކަމަށް ބުންޏެވެ. ނަމަވެސް "ނާސް ޝާކް" އަކީ އިންސާނުންނަށް ހަމަލާދޭ ހާލަތްތައް ވަރަށް މަދު ކަމަށާއި އެއީ ނުރައްކާތެރި ހަމަލާއެއް ނޫން ކަމަށް އޭނާ ބުންޏެވެ.