މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮންލައިންކޮށެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުހައްމަދު އަލްއެމަދީއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ފަންޑުން ހަދިޔާ ކުރާ މި އެއްލައްކަ ޑޮލަރު ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންކަމަށެވެ. އަދި މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ގައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.