މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދެ ޒުވާނެކެވެ. އެއީ މ. އަރާރަތްކުރި، އުމުރުން 35 އަހަރުގެ ހާލިދު މަހްމޫދު އާއި އދ. މާމިގިލި، ބްލޫވިންޑް، އުމުރުން 31 އަހަރުގެ ހަސަން ނަސީމްއެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށެވެ.
އެނގިފައިވާ ގޮތުގައި ބުރުޒުމަގު ސިނަމާލެ ޕާކިން ޒޯނުގައި އޮތް މިކާރުގައި ރޯކޮށްލާފައިވަނީ ދެ ގްރޫޕެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައެވެ.
މިދިޔަ ހަފްތާގައި މާލޭ ތެރޭގައި އޮތް ދެ ކާރެއްގައި ވަނީ ރޯކޮށްލާފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.