ads
ރައީސް ޑރ. މުއިއްޒާއި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް
ރައީސްގެ އަބުރަށް އަރައިގަތީކަމަށް ބުނެ ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބަލަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ވާހަކަ ދެއްކި ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސް މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަތޮޅު ކައުންސިލަށް އަންގައިފިއެވެ.
Advertisement

އެލްޖީއޭއިން ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތަށް ފޮނުވި ސިޓީގައިވަނީ ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ރައީސް މުއިއްޒާއި ސަރުކާރުގެ ވެރިންގެ އަބުރަށް ހުތުރުވާ ގޮތަށް، ހަޑި ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ އޮތޯރިޓީއަށް އެ މަެއްސަލަ ހުށައަޅާފައިވާކަމަށެވެ. 

އަދި ކައުންސިލްގެ ރައީސް މިގޮތަށް ވާހަކަ ދައްކާފައިވަނީ ކައުންސިލްގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖްތަކެއްގައިކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ. 

އެލްޖީއޭއިން ގއ. އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގައި އަންގާފައިވަނީ ގދ. ގައްދޫ ކައުންސިލްގެ ރައީސް މައްސަލަ ބަލަން އަންގާފައެވެ. އަދި އޭނާގެ އެ އަމުލތައް އިސްލާހުކުރަން އެންގުމަށްވެސް އެލްޖީއޭއިން ގއ. އަތޮޅު ކައުންސިލަށް އެންގި އެންގުމުގައިވެއެވެ. 

ޕީޕީއެމްގެ ޓިކެޓްގައި ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ކައުންސިލަށް އިންތިހާބުވީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކ. މާފުށީ ޖަލު ބަންދުގައި ހުއްޓާއެވެ. އެހެންނަމަވެސް ރައީސް ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގަތުމުން އޭނާ ވަނީ ސަރުކާރަށް ފާޑުކިޔާ ސަރުކާރަށް ތާއިދުނުކުރާކަން ހާމަކޮށްފައެވެ. 

ރައީސް ޑރ، މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ މައްސަލަ ބަލާ ކައުންސިލްތަކަށް އެލްޖީއޭއިން ފިޔަވަޅު އެޅުމަކީ އެމަނިކުފާނު ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި އަދި ތާއިދުކުރައްވާ ކަމެއްވެސް ނޫންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް