ads
ބީއެމްއެލްއިން ތައާރަފުކުރި އިސްލާމިކް ވިސާ ކްރެޑިޓް ކާޑު
ބީއެމްއެލްއިން އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފި އެވެ.
Advertisement

ޝަރީއާގެ އުސޫލުތަކަށް ފެތޭ މި ކްރެޑިޓް ކާޑު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ސީއީއޯ ސީއީއޯ މުހައްމަދު ޝަރީފްއެވެ. 

ބީއެމްއެލުން ބުނީ އަލަށް ތައާރަފުކުރި ކާޑަކީ ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދޭން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.

މި ކާޑު އިސްލާމިކް ވިސާ ކްރެޑިޓް ކާޑުގެ ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗާ ކާޑު ލިބެން ހުންނާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި ކާޑުން ރާއްޖެ އާއި ރާއްޖޭން ބޭރުން ވިޔަފާރިކުރެވޭނެ ކަމަށާއި މި ކާޑަކީ އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެއް ކަމަށްވެސް ބޭނުންކުން ބުނެ އެވެ. 

your image އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

މީގެއިތުރުން އެ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުންނަށް، ބީއެމްއެލް ރިވޯޑް ޕްރޮގްރާމްގައި ބައިވެރިވެ ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ ކަމަށާއި ރިވޯޑް ޕޮއިންޓްސް ބޭނުންކޮށްގެން ފްލައިޓް ޓިކެޓާއި ކާރު ކުއްޔަށް ނެގުންމުގެ އިތުރުން ހޮޓެލް ބުކިންތަކަށް ހެދޭނެކަަމަށްވެސް ބީއެމްއެލުން ބުނެ އެވެ. 

މި ކާޑު ތައާރަފްކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ، ބޭންކުގެ ކަސްޓަމަރުންނަށްދޭ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއަށް ވިސާ ކްރެޑިޓް ކާޑު ތައާރަފް ކުރުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ހިދުމަތްތަކާ އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް އިން ދަނީ ރާއްޖޭގެ އިސްލާމިކް ބޭންކިން ދާއިރާއަށް ތަފާތު އާ ހިދުމަތްތައް ތައާރަފްކުރަމުންނެވެ. ބޭންކުންވަނީ ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު މި އަހަރު ކުރީކޮޅު ތައާރަފްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް