ބާސެލޯނާއާއި ރިއާލް މެޑްރިޑްގެ ކުރީގެ ތަރިންގެ މި މެޗު ކުޅުނީ ގަތަރުގެ އަލްހަލީފާ ސްޓޭޑިއަމްގައެވެ. މި މެޗުގައި ރޮނާލްޑީނިއޯވަނީ ފްރީކިކަކުން މޮޅު ލަނޑެއް ޖަހާފައެވެ.
ލަނޑު ޖަހާފައި ސެލެބްރޭޝަންގައި ރޮނާލްޑީނިއޯވަނީ އެއީ އޭނާއަށް އާދައިގެ ކަމެއްގެ ގޮތުގައި ސިފަވވާ ގޮތަށް އިޝާރާތް ކޮށްފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ބާސާއިން މި މެޗު ކާމިޔާބު ކުރީ ހަތަރު ލަނޑު ދެ ލަނޑުންނެވެ.
ރޮނާލްޑީނިއޯއާއެކު މި މެޗުގައި ކުޅުނު ތަރިންގެ ތެރޭގައި ބްރެޒިލްގެ ލެޖެންޑް ރިވާލްޑޯ އަދި ރިއާލް މެޑްރިޑާ ޕޯޗުގަލްގެ ލެޖެންޑް ލުއިޒް ފީގޯ ހިމެނެއެވެ. ފީގޯވެސް މި މެޗުގައި ލަނޑެއް ޖެހިއެވެ.