މިނިސްޓާ އިހުސާން މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާ ޕާސަން އެކްސްގައި ކުރެއްވި ޕޯސްޓަކަަށް ރައްދު ދެއްވަމުންނެވެ.
މިމަހުގެ 8 ވަނަ ދުވަހު ހުސައިން ޝާފިއު(ތުއްތު) ކުރި ޕޯސްޓްގައި ހަޑިހުތުރު ބަސް ބޭނުންކޮށް ބިރުވެރިކަން އުފެދޭގޮތަށް އެ ޕޯސްޓްގައި ހުރި ކަމަށް ބުނެ ފުލުހުން ވަނީ އޭނާ ހާޒިރުވުމަށް އަންގާ ފައެވެ. އެގޮތުން މިކަމާ ގުޅިގެން ފައްޔާޒު ވަނި ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.
ފައްޔާޒް ކުރި ޕޯސްޓްގައި ވަނީ ޓްވީޓް ކުރާތީ ފުލުހުންގެ އޮފީހަށް ހާޒިރުވާން ޝާފިއު (ތުއްތު) އަށް އެންގި ކަމަށާއި ރައީސް މުއިއްޒު އަދި ސަރުކާރުގެ އިސްވެރީންގެ އަބުރުފުޅުގެ ހިމާޔާތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާކަމަށެވެ.
ސަރުކާރާ މެދު ހިތްހަަމަނުޖެހުން އޮތްކަން ހާމަކުރުން އެއީ މިއަދު ބޮޑު ކުށަކަށް ވެފައިވާއިރު ރައްޔިތުންގެ އަޑުކަނޑުވާލާ ހިޔާލު ފާޅުކުރުމަށް ހުދުމުހުތާތު ވެރިން އަބަދުވެސް ހުރަސް އަޅާނެ ކަަމަށް ފައްޔާޒް އޭނާގެ ޕޯސްޓްގައި ލިޔުއްވިއެވެ.
ތުއްތު ކުރި ޕޯސްޓްގައި ލިޔެފައި އޮތީ "މަށަށް ކަލޭ މަގެއްމަތިން ނުފެންނާތި" ކަމަށާއި އެޖުމްލައިން ކޮންމެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއް މަތިން ފެނިއްޖެނަމަ އެމީހަކަަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން އެކަމުގެ ތަފްސީލް ހޯދާ އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިހުސާން ފާހަގަ ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
ޕޯސްޓްގައި މިނިސްޓާ އިހުސާން އިތުރަށް ވިދާޅުވީ ޔަގިނުންވެސް މިސަރުކާރުގަ އެއްވެސް ބޭފުޅެއް އިސްތިސްނާނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރި ކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅުއްވާނެކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުންމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައިކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންމެ ކަމެެް ސިޔާސީ ކުޅިވަަރަކަށް ހެދުމަކީ ވަރަށް ގައިރު ޒިންމާދާރު ކަމެއް ކަަމަށްވެސް އިހުސާން ވިދާޅުވިއެވެ.