ރިތިކް ވިލަންއެއްގެ ރޯލުން ފެންނަނީ "ތާނާޖީ: އަންސަންގް ވޮރިއާ" ގެ ދެވަނަ ބައިންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަޖޭ ދޭވްގަން މެއިން ލީޑްގެ ގޮތިގައި ފެނުނު "ތާނާޖީ: އަންސަންގް ވޮރިއާ" ފުރަތަމަ ބައި ނުކުތީ 2020 ވަނަ އަހަރުއެވެ. އެ ފިލްމުން އަޖޭ ވަނީ އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް އުފުކާލާފައެވެ. އެއީ އެ އެވޯޑް ލިބުނު ދެވަނަ ފަހަރެވެ.
"ތާނާޖީ: އަންސަންގް ވޮރިއާ" ފުރަތަމަ ބައިގައި ވިލަންއެއްގެ ރޯލު ކުޅުނީ ސައިފް އަލީ ހާންއެވެ. މިފިލްމުގެ ދެވަނަ ބައިގެ ނުބައިބައި ރޯލް ރިތިކްއަށް ދޭން ނިންމި ނަމަވެސް އަދި އެކަން މުޅިން ފައިނަލްނުވާކަމަށް މި ފިލްމު އުފައްދާ މިޑް-ޑޭއިން ބުނެއެވެ،
މި ފިލްމު އުފައްދާ މިޑް-ޑޭ އިން ބުނީ "އަންސަންގް ވޮރިއާ" ގެ ދެވަނަ ބަޔަށް ބޭނުންވާ ރިސާޗް ހަދާ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި ފަހަރު ވެސް މި ފިލްމުގެ ވާހަކަ ބިނާކުރާނީ ކުރީގެ ހަނގުރާމަވެރިއަކަށްކަމަށް މިޑް-ޑޭއިން ބުނެއެވެ
ރިތިކް މީގެ ކުރިންވެސް ވަނީ ވިލަންއެއްގެ ރޯލުން ފެނިފައެވެ. އޭއީ 2006ގެ ސިޕާހިޓް "ދޫމް 2" އާއި 2022 ގައި ރިލީޒްކުރި "ވިކްރަމް ވޭދާ" އެވެ.