ads
ހުރިހާ ރަށެއްގައި ބަހައްޓަން ބީއެމްއެލަށް އެޓީއެމް ގެނެސްދޭނެ ބަޔަކު ހޯދަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 65 އ.ޭޓ.ީއެމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އެ ބޭންކުން އިއުލާންކޮށްފިއެވެ.
Advertisement

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ނިންމާ އެ މަޝްރޫއު ސަރުކާރުން ވަނީ އިފްތިތާހުކޮށްފައެވެ. 

ބީއެމްއެލުން ބުނީ އެ ބޭންކަަށް 65 އޭޓީއެމް ބޭނުންވާކަމަށެވެ. މި ތަކެތި ސަޕްލައިދޭން ބޭނުންވާ  ފަރާތަކުން މިމަހުގެ ފަސްވަނަ ދުވަހުގެ ކުރިން އެކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް އެބޭންކުވަނީ އެދިފައެވެ. އަދި މިތަކެތި ސަޕްލައި ކޮށްދޭން ބޭނުންވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ބިޑް ހުށައެޅުމަށް ބޭންކުން ވަނީ ހުޅުވާލާފައެވެ. 

ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން މިމަހުގެ 7 ވަނަދުވަހު އިފްތިތާހުކުރި މި މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައެވެ. އެއީ ބީއެމްއެލް އިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ. 

މި މަޝްރޫއެގެ ދަށުން އޭޓީއެމްތައް ބެހެއްޓުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 17 ރަށެއްހައި އޭޓީއެމް ބަހްއޓާއިރު މި މަސައްކަތް އަންނަ އަހަރުގެ މާރިޗު 17 އަށް ނިންމާނެއެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާއިރު މި މަޝްރޫއުގެ އެންމެ ފަހު ފިޔަވަހީގައި 30 އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.  

ފުރަތަމަ ފިޔަވަހީގައި އޭޓީއެމް ބަހައްޓާ ރަށްތައް 

  • ހއ. އުތީމް
  • ހދ. ނޮޅިވަރަންފަރު

  • ރ. އިންމާދޫ

  • ބ. ކިހާދޫ

  • ދ. ހުޅުދެލި

  • ލ. މާބަައިދޫ

  • ހއ. މުރައިދޫ

  • ށ. ކަނޑިތީމް

  • ބ. ގޮއިދޫ

  • ބ. ކެންދޫ

  • ތ. ގާދިއްފުށި

  • ގއ. ކަނޑުހުޅުދޫ

  • ހދ. ނޮޅިވަރަމް

  • ށ. މަރޮށި

  • ބ. ފުޅަދޫ

  • އދ. މަންދޫ

  • ލ. ކަލައިދޫ

މި މަޝްރޫއު ނިމޭއިރު ޖުމްލަ 250 އޭޓީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނާނެކަަށް ބީއެމްއެލުން ބުނެއެވެ. އަދި މިހާރުވެސް މީހުން ދިރިއުޅޭ 90 ރަށެގައި އޭޓީއެމްގެ ހިދުމަތް ލިބެން ހުންނާނެކަށާއި މިހާރު ހުރި އޭޓީއެމްތައް އަހަރަކު 15 މިލިއަން ފަހަރު ރައްޔިތުން ބޭނުންކުރާކަމަށްވެސް އެ ބޭންކުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް