މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ކޮންމެ ޔުނިވަސިޓީއަކުން އެއް ނުވަތަ ދެ ޖާގަ ދިވެހިންނަށް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާރު ސަރުކާރުގެ އެކި ފުރުސަތުތަކުގައި 2،249 ދިވެހިން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މިއަހަރު ރައީސް ސްކޮލަޝިޕް 19 ދަރިވަރަކަށް ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ހާމަކޮށްފައި ވެ އެވެ.