މިއަދު އާންމުކުރި ތަފާސް ހުސާބުގައި ބުނާގޮތުން މިއީ އެ އަހަރު ރާއްޖޭގެ އެއްވެސް ކުއްޖަކު ނުވިހާ ހަމައެކަނި އަތޮޅެވެ.
"ވައިޓަލް ސްޓެޓިސްޓިކްސް ރިޕޯޓް އޮފް މޯލްޑިވްސް 2024" ގައި ބުނެފައިވާ ގޮތުން، 2021 ވަނަ އަހަރު މުޅި ރާއްޖޭގައި 5917 ކުދިން ވިހެއި އެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުދިން ވިހެއީ މާލޭގައެވެ. އެއީ 3192 ކުދިންނެވެ.
މާލެ ފިޔަވައި އެންމެ ގިނަ އަދަދެއްގެ ކުދިން ވިހެއީ ހދ. އަތޮޅުގައެވެ. އެ އަތޮޅުގައި 514 ކުދިން ވިހެއެވެ.