މިކަން ހާމަކުރެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާ އަމިއްލަފުޅަށް 280 ކައުންސިލާ ބައްދަލުކުރައްވާފައިވާ އިރު، ރައީސް މުއިއްޒު ވެސް ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ކައުންސިލްތަކާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ވަނީ އިތުރަށް ބަދަހިވެފަ އެވެ.
ކައުންސިލްތަކުގެ ފުދުންތެރިކަމާއި ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކޮންމެ ރަށަކަށް ފަޅުރަށެއް ލިބޭނެ އުސޫލެއް މިހާރު ވަނީ އެކުލަވާލާފަ އެވެ. މި އުސޫލުގެ ދަށުން ކައުންސިލްތަކުން ފަޅުރަށްތައް ހޯދުމަށް އެދި ހުށަހަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.