ads
ފުނަދޫ އެއާޕޯޓް
ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ފުނަދޫ އެއާޕޯޓު ތަރައްގީކުރަނީ
2020 ވަނަ އަހަރު ހުޅުވި ށ. ފުނަދޫ އެއާޕޯޓް އިތުރަށް ތަރައްގީކުރަން މިރޭ ފެށި މަޝްރޫއު ނިމޭއިރު، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެ އެއާޕޯޓުން ރޭގަނޑުގެ ދަތުރުތައް ވެސް ފެށޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ ފުނަދޫ އަށް ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޝަރީފް ވިދާޅުވީ ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައިގަނޑު މަސައްކަތަކީ ރޭގަނޑު ފްލައިޓް ޖެއްސޭނެ ގޮތް ހެދުން ކަމަށެވެ.

"ފުނަދޫ އެއާޕޯޓަށް އެންމެ މުހިންމު ކޮމްޕޮނެންޓަކީ ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ލައިޓެއް ލުން. މިއީ ބަލިމީހުން ވެސް އުފުލާ އެއާޕޯޓެއް. މިހާރު މިތަނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ދައްޗަކީ ރޭގަނޑު ފްލައިޓް ޖެއްސޭނެ ލައިޓެއް ނެތުން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފުނަދޫގެ އެއާޕޯޓަކީ ގިނައިން ފްލައިޓް ޖައްސާ ތަނަކަށް ހަދައި ކައިރި ރިސޯޓުތަކުން އަންނަ ޓޫރިސްޓުންނަށް ހަމަޖެހިލައިގެން ތިބެވޭނެ ތަނަކަށް ހެދުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.

އެއާޕޯޓު ތަރައްގީކޮށް ނިމުމުން ލައުންޖާއި ރެސްޓޯރެންޓާއި ލަގެޖް ބެލްޓާއެކު އިތުރަށް ބޭނުންވާ ކަންތައްތައް ވެސް ފުރިހަމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް