ads
ށ. ފުނަދޫގައި މި ސަރުކާރުން އަޅަންފެށި 30 ޓަނުގެ އައިސް ޕްލާންޓުގެ މަސައްކަތް ނިންމައި މިރޭ ހުޅުވުން
ފުނަދޫގައި ގާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓް ހުޅުވައިފި
މިލަދުންމަޑުލު އުތުރުބުރި ފުނަދޫގައި ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓް ހުޅުވައިފި އެވެ.
Advertisement

ފުނަދޫ އައިސްޕްލާންޓް ހުޅުވާފައިވާ މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނާ އެކު އެ ތަން ހުޅުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ. 

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފުނަދޫގައި ގާއިމްކުރި އައިސްޕްލާންޓުގައި 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނާނެ އެވެ.

އެއާއެކު އުތުރުގެ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ވަރަށް ބޮޑަށް ލުއިވެ، މަސް ދޯނިތަކަށް ވެސް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި މަސައްކަތުގެ އިތުރުން ވެސް ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެެރުވުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް ބޭނުންވާ އެކި ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް