ފުލުހުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ފަހު ނުކުމެ ޝާފިއުގެ ވަކީލުންގެ ޓީމުން ބުނީ ފުލުހުން އޭނާގެ މައްޗަށް، ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ތަފާތު ތިން ތުހުމަތެއް ކުރާ ކަމަށެވެ.
ޝާގިުގެ މައްޗަށް ފުލުހުން ކުރަނީ އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށާއި މީހަކު މަރުވެދާނެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމެއްގެ ބިރެއް ކުރިމަތި ކުރުވުމުގެ ކުށް އަދި ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެފަދަ އެއްޗެއް ފޯރުކޮށްދިނުމުގެ ކުށުގެ ތުހުމަތެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ގަޑިއެއްހާއިރު ހޭދަކުރުމަށް ފަހު ޝާފިއު ދިން ބަޔާނުގައި އޭނާ ބުނީ ނޮވެމްބަރު 8، ގައި އެކްސްގައި ކޮށްފައިވާ ޕޯސްޓަކީ އެއްވެސް މީހަކަށް ނިސްބަތްކޮށް ކޮށްފައިވާ ޕޯސްޓެއް ނޫން ކަމަށެވެ. އަދީ އެއީ މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ވަރުގެ ޕޯސްޓެއް ނޫން ކަމަށް ވެސް ެ ބަޔާނުގައިވެއެވެ.
ޝާފިއު ވަނީ އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށ އިންކާރުކުރުމަށް ފަހު ހަނު ހުންނަކަން ބުނެފައެވެ.
ޝާފިއު ފުލުހަށް ހާޒިރުކުރުމުން އެމްޑީޕީގެ ބައެއް އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ފުލުހުންގެ މަރުކަޒު ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.